ގދ.ތިނަދޫ، ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ގދ.ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވީ 2015 ވަނަ އަހަރު އެވެ. އެ ހާދިސާއާ ގުޅިގެން ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ 4 ދައުވާއެއް ކޮށް 2016 ވަނަ އަހަރު ޝަރީއަތް ކުރަން ފަށައިފައެވެ.
ދައުލަތުން ޝާހުގެ މައްޗަށް ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެކަމާގުޅިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަަ ބަލައި މިއަދު މިވަނީ ހުކުމް ކޮށްފައެވެ.
ޝާހަށް ހުކުމް ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހައި ކޯޓުގެ ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި ޝާހުއާ ދެކޮޅަށް ދެން ހުރި މައްސަލަތައް ނިމި އޭނާ ޖަލަށް ލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު