ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިތުރު ކައިވެންޏެއް ބައްލައިވެގެންފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ މިރޭ ސަން އައިލެންޑް ރިސޯޓުގައެވެ.
އުމުރުން 70 އަހަރުގެ ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދުއާ އެވެ. ރާނިއާއަކީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ހަފުލާ އޮތީ ވެސް ސަން އައިލެންޑުގައެވެ.
ގާސިމް އާ ކައިވެންޏެއް ބައްލަވައިގެންފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަރިކުރެއްވުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދެއެވެ. ނަމަވެސް ގާސިމް، ނަހުލާ ވަރިކުރެއްވިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.
ނަހުލާއާއެކު މިހާރު ގާސިމްގެ ހަތަރު އަނބިން ތިއްބަވައެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް