އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރުގެ މައްޗަށް، ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ނިމެންދެން އޭނާ ބަންދުގައި ބެހެއްްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މިގޮތަށް އަމުރު ކޮށްފައިވަނީ، އަދީބުގެ މައްޗަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި، އެ ދައުވާތަރާ ގުޅޭގޮތުން ކުރިއަށްދިޔަ އަޑު އެހުމުގައެވެ.
މީގެ ކުރިން މި ދައުވާތައް ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ވަނީ ކޯޓުން ބޭރު ކޮށްލައިފައެވެ. އެކަމާ ގުޅުގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ ކޯޓުގައި އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ގެންދިޔައިވެސް ދައުލަތުގެ އެދުމުގެ މަތިން، އަދީބު ހުރީ، އެ މައްސަލަތައް ނިމެންދެން ބަންދު ކޮށްފައެވެ. ނަމަވެސް މިމަހުގެ 21 ވަނަ ދުވަހު ހައިކޯޓުން އެ މައްސަލަ ނިންމައި، ކުރި ހުކުމްގައި ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދުގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅަން ހިމެނިއެވެ. އަދި ބަންދުގެ މައްސަލަ 15 ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ހުކުމްގައި ހިމަނާފައިވެއެވެ.
ހައިކޯޓުގެ އަމުރާ އެއްްގޮތަށް މިމަހުގެ 23 ވަނަ ދުވަހު އަދީބުގެ ބަންދުގެ މައްސަލަ ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެ އޭރުވެސް އަދީބު ހުންނެވީ، އިސްތިއުނާފު މަރުހަލާގައި ހައިކޯޓުން އިއްވި ހުކުމުގައި ބަނދުގައެވެ.
އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާ، ދައުލަތުގެ ފަރާތުން މިއަދު ކުރިމިނަލް ކޯޓަށް ހުށަހެޅީ، ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލައިގެ ހުކުމުގައި، އެ މައްސަލަތައް އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.
މިއަދު ދައުލަތުން ހުށަހެޅި މައްސަލަތަކަށް އިއުތިރާފްވާކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ބެލުމަށްވެސް ކޯޓުން ނިންމިއެވެ.
ނަމަވެސް އަދީބު ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން އެދިފައިވާތީ، ގާޒީ ވަނީ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު