ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން އިސްކަންދޭނެ ކަންކަމުގެ އާ ތަރުތީބެއް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި އެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކޮށްފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން މިދިޔަ މަހުގެ 25ގައި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގެ މަޝްވަރާތަކަށް ރިއާތަޔަށް ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށް އޮތް ދެ އަހަރަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަނޑައަޅާފައިވާ ކަމަށެވެ.
ސަރުކާރުގެ އޮފީސްތަކުން މި ކަންތައްތަކަށް އަމަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީިހުން ބުންޏެވެ.
ޕޮލިސީ ޕްރަޔޮރިޓީ ލިސްޓާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު