އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނުކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ރަނިން މޭޓަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްކަން މިއަދު އިއުލާނުކުރައްވައިފައެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމެވީ އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމަކަށްވާތީ ކަމަށެވެ.
މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލާއި އާޒިމް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދަނީ ޕާޓީގެ ގިނަ މެންބަރުންނާއި އާންމު ރައްޔިތުންގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ މަޝްވަރާއާއި އެއްބާރުލުމާއެކުގައި ކަމަށެވެ.
ދެ ބޭފުޅުންވެސް ވަނީ، ރައީސް ސޯލިހުގެ އެއްބާރުލުން ލިބިގެންދިއުމަކީ މި ކާމިޔާބީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
"ދެން މީގައި އެންމެ އިސްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅުގަނޑުމެންނާ މަަޝްވަރާ ކުރެވި ރައީސް ސޯލިހުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑު ގަބޫލުކުރަނީ ވަރަށް މުހިންމު ކަމެއް ގޮތުގައި،" ފައިސަލް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް ނަސީމު ވާދަކުރައްވަން ނިންމަވައި އެކަން އިއުލާނުކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުވެސް ވަނީ މި ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން އިއުލާނުކުރައްވާފަ އެވެ.
އަލީ ޔާމިން
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކޮމެންޓް