ކުޅުދުއްފުށި ސިޓީއާއި ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު މޮނީޓަރިންގައި އޮތީ ގދ. ހޯނޑެއްދޫ އެކަނި ކަމަށާއި މިރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު "ފާޅު" ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ކުޅުދުއްފުށިން އިއްޔެ ވެސް ވަނީ އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ "ފާޅު" ބޯޓުން ޕޮޒިޓިވްވި ކްރޫއެއްގެ ކޮންޓެކްޓެކެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވަނީ ފާޅު ބޯޓުގެ ދެ ފަޅުވެރިއަކުވެސް ޕޮޒިޓިވްވެފައެވެ. އެ ބޯޓުން ޖުމްލަ ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މީގެ އިތުރުން އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުގައި ކޮވިޑަށް ޕޮޒިޓިވް ފަސް މީހަކު އެބަތިއްބެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު