ގދ. ތިނަދޫގައި ހަދާ ކޮވިޑް ފެސިލިޓީގެ 15 ޕަސަންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
ގދ. ތިނަދޫ ކޮވިޑް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ 15 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށާއި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް ކަމަށެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން، ތިނަދޫ ފެސިލިޓީގައި 15 އައިސޮލޭޝަން އެނދާއި ހަ އައިސީޔޫ އެނދު އަދި ޑައިލިސިސް އެނދެއް ހުންނާނެ އެވެ.
ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ތިނަދޫގައި ވަކިން ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ވިލިނގިއްޔަށް އަރުވަން އެރަށުގެ ބަޔަކު ދެކޮޅު ހަދައި މުޒާހަރާކުރުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު