އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި އޮސްްޓްރޭލިއާއެއް ނުހިމެނެއެވެ. އޭގެ ބަދަލުގައި މިދިޔަ އަހަރު 43093 ފަތުރުވެރިންނާއެކު ދިހަވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސްވިޒަލޭންޑުންނެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރޭލިއާ ވަނީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ލިސްޓުން ޖާގަ ހޯދައިފައެވެ. އެގޮތުން އެ ގައުމުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 38351 ފަތުރުވެރިން އައިސްފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް ހަތްވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެހެންކަމުން އޮސްޓްރޭލިއާއިން މިވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަބަދުވެސް އަންނަ ފްރާންސާއި އެމެރިކާގެ އިތުރުން ސްޕެއިންވެސް ފަހަތަށް ޖައްސާލައިފައެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއާއި ރަޝިއާއިންނެވެ. އެގޮތުން ޗައިނާއިން އައި ފަތުރުވެރިން މާކެޓުގެ 14.7 ޕަސަންޓު ހިއްސާކުރާއިރު މާކެޓުގެ 12.4 ޕަސަންޓު ހިއްސާކުރަނީ ރަޝިއާއިންނެވެ. އެހެންކަމުން އެ ދެ ގައުމުން އެކަނިވެސް މާކެޓުގެ 27.1 ޕަސަންޓު އެބަ ހިއްސާކުރެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,606,846 ފަތުރުވެރިން އައިސްފައިވެއެވެ.
އަލީ ޔާމިން
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ކޮމެންޓް