ކުޅުދުއްފުށި ސިޓީން އިތުރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށުން މިއަދު އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއަދު ޕޮޒިޓިވްވެފައިވަނީ "ފާޅު" ބޯޓުން ޕޮޒިޓިވްވި ކްރޫއެއްގެ ކޮންޓެކްޓެއް ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

"ފާޅު" ބޯޓުގެ ކެޕްޓަން މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ކުޅުދުއްފުއްޓާއި ހދ. ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އިއްޔެވެސް ވަނީ އެ ބޯޓުގެ ދެ ފަޅުވެރިއަކު ޕޮޒިޓިވްވެފައެވެ. އެ ބޯޓުން މިހާތަނަށް ޖުމްލަ ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުގައި ކޮވިޑަށް ޕޮޒިޓިވް ފަސް މީހަކު އެބަތިއްބެވެ.