ނ. މަނަދޫ އަށް 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓުގެ ހިދުމަތާއި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.
އުރީދޫން މި ހިދުމަތް މަނަދޫއަށް ތައާރަފު ކޮށްފައިވަނީ އިއްޔެއެވެ.
އުރީދޫގެ މި ހިދުމަތްތަކާއެކު މަނަދޫގެ ރައްޔިތުންނާއި ވިޔަފާރަވެރިންނަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.
ކުރިއަށް އޮތްތަނުގައިވެސް އުރީދޫން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންގެ މަސައްކަތްތަކަށް ލުއި ހޯދައިދުނުމުގައި ބޭނުން ކުރެވޭނެ މިފަދަ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެފައި ވެއެވެ.
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ