ޕީއެސްޖީއާއި އާސަނަލް ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިރޭ ރާއްޖެ ގަޑިން 9:00 ގައި އެމްޓީވީން ވަގުތުން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.

އުރީދޫން މިއަދު ބުނީ ފައިނަލް މެޗު އެމްޓީވީން ވަގުތުން ބަލާލަން ބޭނުންވާ ނަމަ، އޫރިދޫ ހޮޅުއަށި މެދުވެރިކޮށް ސަބްސްކްރައިބް ކުރުމުން މެޗު ބެލެން ހުންނާނެ ކަމަށެވެ.

ހޮޅުއަށި މެދުވެރިކޮށް އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމުން، ސަބްސްކުރިޕްޝަން ފީ ޕްރީޕެއިޑް ކަސްޓަމަރެއް ނަމަ، ބެލެންސް އިން ކެނޑޭނެކަމަށް އުރީދޫން ބުންޏެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ، މި ފީ އިތުރުވެގެންދާނީ އެ މަހެއްގެ ބިލަށްކަމަށް އުރީދޫން ބުންޏެވެ.

މިއީ ފަސޭހަކަމާއެކު ފުޓްބޯޅަ ފޯރީގައި ބައިވެރިވުމަށް އޫރިދޫއިން ފަހިކޮށްދޭ ފުރުސަތެކެވެ.

ހޮޅުއަށި މެދުވެރިކޮށް އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމަށް:

  • އޫރިދޫ އެޕް ހުޅުއްވުމަށްފަހު ހޮޅުއަށި އަށް ކްލިކް ކުރައްވާ
  • ހިޔާރުކުރައްވާ އެމް.ޓީ.ވީ ސީޒަން ޕާސް ނަންގަވާ
  • ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމަށްފަހު، ހަމަޖެހިލައިގެން ޗެމްޕިއަންސް ލީގު ފައިނަލް ވަގުތުން