ކުއްތާ ބޭނުންކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުގެ އޮޕަރޭޝަން ޓީމަކުން ކުއްތާ ބޭނުންކޮށްގެން އެމްޕީއެލްގެ ތެރޭގައި އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.

ނަމަވެސް އެ އޮޕަރޭޝަންގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި އެ އޮޕަރޭޝަން ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަމެއްވެސް އޮފިޝަލް ވިދާޅެއް ނުވެއެވެ.

އެމްޕީއެލްގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ކުޅުދުއްފުށީގައި ވެސް ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށްގެންދަނީ މިއަދު ކުޅުދުއްފުއްޓަށް ދިޔަ ކޮޗިން ފެރީއާ ގުޅިގެން ކަމަށެވެ.