އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކަ އަށް އަރައިފިއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ އިން ހާމަކޮށްފައިވާ ކޮވިޑްގެ ތަފާސްހިސާބު ތަކަށް ބަލާއިރު އެކެރިކާއިން މިހާތަނަށް 6.8 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.
އެމެރިކާ އަކީ ދުނިޔެއިން އެއްގައުމަކުން އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން މަރުވުމުން ހިތާމަކުރައްވާ ކަމަށާއި ޗައިނާއިން އޭރު ވައިރަސް ހުއްޓުވަން ޖެހޭނެ ކަމަށެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެ އެމެރިކާގައި އެބަލި ކޮންޓްރޯލުން ނައްޓާލައިފައިވާ އިރު ކުރިޔަށް މިއޮތް ފިނިމޫސުމާއެކު ވައިރަސްގެ ބާރު ގަދަވުން އެކަށީގެންވާކަމަށް ބެލެވިފައިވާތީ އެގައުމުން ވަނީ ހަރިކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ