އައްޑޫ ސިޓީ ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ނިންމާލައިފައިވާ ކަމަށެވެ.
ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައެވެ.
މި މަޝްރޫއުގެ ދަށުން ސައިޓް ސާފުކުރުމާއި ދަނޑުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރެވިފައިވާ އިރު، ފުޓުބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއަކީ 2.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު