ކުރިއަށް އޮތް ދެ ހަފުތާގައި މާލޭގެ ސްކޫލުތައް ނުހުޅުވަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފުތާގައި އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ 20 ސެޕްޓެމްބަރުން 1 އޮކްޓޯބަރުގެ ނިޔަލަށެވެ.
“މި ނިންމުން ދެ ހަފުތާ ފަހުން މުރާޖައާ ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަން،”މިނިސްޓްރީން ބުންޏެވެ.
އީދު ބަންދާއި މިޑް ޓާމު ބަންދަށްފަހު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފެށުމަށް މީގެ ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެފަހުން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާފައެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތުތައް ވެސް މަދުކޮށްފަ އެވެ. އެގޮތުން ކިޔަވައިދިނުން 45 މިނިޓުން 35 މިނިޓުގެ ވަގުތަކަށް މަދުކޮށްފަ އެވެ. އެ ބަދަލާއެކު ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު