އޮޑިޓް ރިޕޯޓު ނެރެފައިވަނީ ބަލަން ޖެހޭ ކަންކަން ރަނގަޅަށް ނުބަލައި ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ވިދާޅުވީ މިފަހަރުގެ އޮޑިޓް ރިޕޯޓު އޮތީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށެވެ.
"މިގޮތަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަން ފުރިހަމަ ނޫން ގޮތަށް ރައްޔިތުންނާ ހަމައަށް އައިސްފައިވާތީ އަޅުގަނޑުމެން އެކަމާ ހިތާމަކުރަން. އަދި އަޅުގަނޑު ދަންނަވާލަން އޮޑިޓް ރިޕޯޓު މިފަހަރު ނެރެވިފައި މިއޮތީ އެންމެ ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހު ނޫން ކަމަށް އަޅުގަނޑުމެން މި ފުރުސަތުގައި ދަންނަވާލަން،" އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިހާ ބޮޑެތި ކަންތައްތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަވެގެންދާނެތީ ކުރިއާލައި ތައްޔާރުވުމުގެ ގޮތުން އޮޑިޓުގެ މާކުރިން އެންޑީއެމްއޭ އިން އޮޑިޓް އޮފީހުގައި ވަކިން އެންއީއޯސީގެ ކްލަސްޓާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮޑިޓް އޮފީހަށް ދައުވަތު ދީފައިވާނެ ކަމަށެވެ.
"އެ ދައުވަތުދީފައިވާނީ ރަސްމީ ލިޔުމަކުން. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމުކުރެވިފައިވާ ދަރުބާރުގޭގައި ވަކި ޑެސްކެއް ކްލަސްޓާއެއްގެ ގޮތުގައި ގާއިމުކޮށް، އެކިއެކި ކްލަސްޓާސްތަކުން ކުރަމުން އައި ބޮޑެތި އޮޕަރޭޝަން ހިނގާ ގޮތް ބަލައި، އެ ހާލަތާއި އެކިއެކި އޮޕަރޭޝަންތަކުގައި ކުރަމުން އައި މަސައްކަތްތަކާ ގުޅިގެން ހަރަދުތައް ކުރަމުންދާ ގޮތް ބެލުމަށް ދައުވަތު ދެވުނު. އެހެންނަމަވެސް ކްލަސްޓާސްގެ ގޮތުގައި އެބޭފުޅުން ބައިވެރިވެފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު