ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ، ޒުބައިރުގެ ބަލަމުން އަންނަނީ ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލައަށް ގޮތެއް ނިންމާ ކޮމިޓީން ނިންމުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 65 ވަނަ ބައްދަލުވުމުގައި މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.