ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފިއެވެ.
މި މާސްކުތައް ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގެ ފަރާތުން ހަދިޔާކޮށްފައިވަނީ ސްކޫލުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި މާސްކުތައް ހަވާލުކުރައްވާފައިވަނީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް، ހުސައިން ފައިސަލް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގެ ޗީފް ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރު މުހައްމަދު އިމްތިޔާޒެވެ. އަދި މިނިސްޓްރީގެ ފަރާތުން މާސްކުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.
މި ދަނޑިވަޅުގައި މިނިސްޓްރީއަށާއި ސްކޫލްތަކަށް ލިލީ އެންޓަޕްރައިސެސް އާއި ގުޅުން ހުރި އެހެން ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަކޮށް، ޝުކުރު ރިޔާޒް އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު