އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ މަސައްކަތް އަލުން ފަށައިފިއެވެ.
ޔުނިވަސިޓީ އޮފް އޮކްސްފޯޑް އަދި އެސްޓްރާ ޒެނެކާ އިން ކުރިޔަށް ގެންދިޔަ ކޮވިޑް ވެކްސިންގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ވެކްސިން ޓެސްޓު ކުރުމުގެ ތެރޭގައި ބައިވެރިޔަކު ބަލިވުމާ ގުޅިގެންނެވެ.
އޮކްސްފޯޑް އިން ވަނީ ވެކްސިންގެ ރައްކާތެރިކަމާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމަށްފަހު އަލުން ވެކްސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
އޮކްސްފޯޑުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބައެއް ބައިވެރިން ބަލިވާނެ ކަމަށާއި ޓެސްޓު ކުރުމުގެތެރޭގައި މިފަދަ ކަންކަން ދިމާވާނެ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ވެކްސިން ގެ މަސައްކަތް މަޑުޖައްސާލާފައި އޮތީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ.
އޮކްސްފޯޑުން އުފައްދަމުން ގެންދާ ކޮވިޑް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ އަޖުމަބެލުންތައް ނިންމާލާފައި ވާއިރު މިހާރު ކުރިޔަށްދަނީ ތިންވަނަ މަރުހަލާއެވެ. މިމަރުހަލާ ކާމިޔާބު ވެއްޖެނަމަ ކޮވިޑް ވެކްސިންގެ ގޮތުގައި އޮކްސްފޯޑްގެ ވެކްސިން ރަޖިސްޓްރީ ކޮށް ބޭނުންކުރަން ފަށާނެއެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 180 އަށްވުރެ ގިނަ ވެކްސިން މިހާރުވެސް ޓެސްޓު ތަކުގެ އެކި މަރުހަލާތައް ކުރިޔަށް އެބަ ގެންދާ ކަމަށް ބުނެފައެވެ.
ވެކްސިން
ވެކްސިން
ވެކްސިން