ކޮވިޑްގެ ދެވަނަ ރާޅު އަރައިފިކަމަށް އޮސްޓްރިއާ އިއުލާން ކޮށްފިއެވެ.
އޮސްޓްރިއާގެ ޗާންސެލާ ސަބެސްޓިއަން ކުރްޒް ވިދާޅުވީ އެގައުމަށް ކޮވިޑް އަނެއްކާވެސް އަރައިފި ކަމަށާއި ކޭސްތައް ވެސް އިތުރުވާން ފަށައިފި ކަމަށެވެ.
ގައުމާ މުހާތަބު ކުރައްވަމުން ޗާންސެލާ ވިދާޅުވީ މީގެ ދެ ހަފުތާކުރިން އެގައުމުން ދުވާލަކު ފެންނަމުން ދިޔައީ 350 ޕޮޒިޓިވް ކޭސް ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 800 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މި އަދަދު 1000 އަށްވުރެ ވެސް މައްޗަށް އަރައިފާނެ ކަމަށް ބެލެވޭކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.
ޗާންސެލާ ވިދާޅުވީ ކޭސްތައް އިތުރުވާކަމަށް ބެލެވެނީ ގައުމުގެ އާބާދީ އާއި އަޅައިބަލާއިރު މީހުން ތޮއްޖެހި ދިރިއުޅެން ޖެހިފައިވުމުން ކަމަށެވެ. ގައުމުގެ ހުރިހާ ރައްޔިތުން ވެސް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ޗާންސެލާ ވަނީ އެދިވަޑައިގެންފަ އެވެ.
އޮސްޓްރިއާއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 33،159 އަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 756 މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19