އއ. ބޮޑުފުޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު، އެ ރަށު ދޯނި އެހެލާ ބަނދަރަށް ގެންގޮސް ދެ މީހަކު އޭނާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި ވީޑިއޯކޮށްފައިވާ މައްސަލައެއް ހުށަހެޅުފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.