ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 271 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 271 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 6559 އަށް އަރާފައިވާ ކަމަށެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ބަލިން ފަސޭހަވީ ދުވަހެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 66 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެއްސަކާއި 16 ބިދޭސީންނެވެ.
މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 8900 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1029 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 134 މީހަކު އެބަ ތިއްބެވެ.
މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ. ނަމަވެސް މި ހަފުތާގައި ކޭސްތަކުގެ އުޅެނީ 100 އިން ދަށުގައެވެ. އާދީއްތަ ދުވަހު ފެނިފައިވަނީ 98 ކޭސްއެވެ. މިދިޔަ ހޯމަ ދުވަހު 83 ކޭސް ފެނިފައިވާ އިރު، އަންގާރަ ދުވަހު ފެނިފައިވަނީ 74 ޕޮޒިޓިވް ކޭސްއެވެ. އަދި އިއްޔެ ފެނިފައިވަނީ 93 ކޭސްއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ވަނީ މަރުވެފައެވެ. އެއީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު