ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އިންޑިއާ ދެވަނައަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް ވަނީ 4.28 މިލިއަން ކޮވިޑް ކޭސް ފެނިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އިންޑިއާއިން ވަނީ އިތުރު 75،809 ކޮވިޑް ކޭސް ފެނިފައެވެ.
އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 73000 އާ ގާތްކޮށްފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކަ އެވެ. އެގައުމުގެ ސިޓީތަކުގެ ތެރެއިން ކޮވިޑް އެންމެ ބާރަށް ފެތުރެމުން ދަނީ މަހާރަޝްޓްރާގައެވެ. އެސިޓީން މިހާތަނަށް ނުވަ ލައްކަ އަށްވުރެން ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު 27،027 މީހުން މަރުވެފައި ވެއެވެ.
ކޮވިޑުން އަރައިގަތުމަށް އިންޑިއާއިން ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާއިރު އެގައުމުން ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުތަކާވަރު ވަނީ ވެފައެވެ.
ކޮވިޑް ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގެ އެއްވަނަގައި އަދިވެސް އޮތީ އެމެރިކާއެވެ. އެގައުމުން ކޮވިޑްގެ 6 މިލިއަނަށްވުރެން ގިނަ ކޭސް ރެކޯޑުކޮށްފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ ދެލައްކައާ ގާތްކޮށްފައެވެ. ލިސްޓުގެ ތިން ވަނައިގައި އޮތީ ބްރެޒިލްއެވެ. ބްރެޒިލްއިން މިހާތަނަށް 4.17 މިލިއަން ކޮވިޑް ކޭސް ފެނިފައި ވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ