ޗައިނާއިން އުފެއްދި ކޮވިޑް ވެކްސިން ދައްކާލައިފިއެވެ.
ޗައިނާގެ ސައިނޯވެކް ބަޔޯޓެކް އަދި ސައިނޯފާމް އިން އުފެއްދި ވެކްސިން ދައްކާލާފައިވަނީ ބެއިޖިން ޓްރޭޑް ފެއާގައެވެ.
ޗައިނާއިން އުފެއްދި އެއްވެސް ވެކްސިންއެއް މާކެޓަށް ނެރެފައި ނުވާއިރު މިއަހަރު ނިމުމުގެ ކުރިން ޓެސްޓުތަކުން ހުރިހާ ފޭސްތައް ނިންމަން ވަނީ އަމާޒު ކަނޑައަޅައިފައެވެ.
އޭއެފްޕީ އާއި ހަވާލާދީ ސައިނޯވެކްގެ އޮފިޝަލަކު ވަނީ ވެކްސިން ތައްޔާރު ކުރުމަށް ބޭނުންވާ ފެކްޓަރީވެސް މިހާރު އިމާރާތްކޮށް ނިމިފައިވާ ކަމަށާއި އަހަރަކު 300 މިލިއަން ޑޯޒް އުފެއްދުމުގެ ގާބިލްކަން މި ފެކްޓްރީއަށް ލިބިގެން ވާކަމަށް ބުނެފައެވެ.
ކޮވިޑް ފެތުރެން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ކޮވިޑާދެކޮޅަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. ރެކޯޑުތަކުން ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.7 ބިލިއަން ޑޯޒްގެ ވެކްސިން އަށް ޕްރީ އޯޑަރު ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ