ހުޅުމާލޭގެ އިމާރާތެއްގެ ތިންވަނަ ބުރިން ބިދޭސީއަކު ވެއްޓި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ލޮޓް 10527 ގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިންވަނަ ބުރިން ބަނގުލަދޭޝްގެ ރައްޔިތަކު ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

އިމާރާތުން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.