ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ނުކުރާތީ އެމައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް އިބްރާހިމް ޝާހިދުގެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ކޮމިޓީން ނިންމީ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ނުކުރާ ކަމަށް ބެލެވޭތީ ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ އަށް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން