ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 10:30 އިން ފެށިގެން ދަންވަރު 2:30 އަށެވެ.

މެޓް އޮފީހުގެ އެލާޓުގައި ބުނެފައިވަނީ އެ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ނެރުނު ތިންވަނަ އޮރެންޖް އެލާޓެވެ. މީގެ ކުރިން އޮރެންޖް އެލާޓް ނެރެފައިވަނީ މެއި 15 ވަނަ ދުވަހާއި މެއި މަހުގެ 29 ވަނަ ދުވަހުއެވެ.