ޔުނިވާސަލް އެންޓަޕްރައިޒެސްގެ ފަރާތުން 10،000 ކޮވިޑް ޓެސްޓު ކިޓު ހަދިޔާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސަލް އިން ހަދިޔާ ކުރި ޓެސްޓު ކިޓުތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ޔުނިވާސަލް އިން މީގެ ކުރިން ވަނީ 20،200 ކޮވިޑު ޓެސްޓު ކިިޓާއި ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެ ޕީސީއާރު މެޝިން ހަދިޔާކޮށްފަ އެވެ.
ކޮވިޑް 19ގެ މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުންނާއި، އެކި ވިޔަފާރިތަކުން އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު