ނ. ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތަކީ ކެނދިކުޅުދޫގެ ޒުވާނުންނާއި، އެރަށުގެ ކައުންސިލުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ އެއްބާރުލެއްވުމާއެކު ފުރިހަމަ ކުރެވުނު މަސައްކަތެއްކަން މިނިސްޓަރު މަހުލޫފު ފާހަގަ ކުރެއްވިއެވެ. އަދި އެ ފަރާތްތަކުން މި މަސައްކަތަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރު މަހުލޫފު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު މަހުލޫފްގެ ވިދާޅުވީ ހަފްތާއެއްގެ ތެރޭ ރ. އަލިފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް އެއްކޮށް ނިމޭނެ ކަމަށާއި އެއަށްފަހު ދެން މަސައްކަތް ފެށުމަށް ނިންމާފައިވަނީ ލ. ގަމުގެ އިތުރުން ފުވައްމުލަކު ސިޓީގައި ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވަނީ އަލަށް ތަރައްގީ ކުރެވިގެން މިދާ ދަނޑުތަކާއެކު ކުރިއަށްއޮތްތާނގައި ރަށްރަށުން ފުޓުބޯޅައިގެ ތަރިން އުފެދިގެން އަންނަ ތަން ފެނުމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު