ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމާއި ގަވައިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީ ވެސް މަނާ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެ ގޮތުން، ޑިފެންސް މިނިސްޓްރީން 12 އޮގަސްޓް 2012 ވަނަ އަހަރު ގެޒެޓްކޮށްފައިވާ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވައިދުގެ ދަށުން ތެލުގެ ހިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއް ކަމަށެވެ.
“ހަވާލާދީފައިވާ ގަވާއިދާ ހިލާފަށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ 03 ވަނަ ދައުރުގެ 105 ވަނަ ރަސްމީ އާއްމު ޖަލްސާއިން ވަނީ ނިންމަވާފައި،” މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި އެންގުމާ ހިލާފުވާ ފަރާތްތަކަށް ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މަލޭ ސިޓީ ކައުންސިލުން މިގޮތަށް ބުނެފައިވާއިރު، މިދިޔަ އަހަރު ތެޔޮ ގުދަން ކޮށްފައިވާ ތަނެއްގައި ރޯވެ، އެކަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ހަފުތާގައި ވެސް ވަނީ އަލިފާނުގެ ބޮޑު ދެ ހާދިސާ ހިނގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު