ބޯޑަރު ހުޅުވާލި ފަހުން 16729 މީހުން ރާއްޖެ ޒިޔާރަތްކުރި ކަމަށާއި 17325 މީހުން ރާއްޖެއިން ފުރާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު، ބޯޑަރުތައް ހުޅުވާލައިފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 16729 މީހުން އައިސްފައިވާ ކަމަށާއި މިއަދު އެކަނިވެސް 300 އަށްވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
"މިހާތަނަށް އައިއިރު، 15 ޖުލައިގައި ބޯޑަރު ހުޅުވުމާ އެއްކޮށް މުޅި ޖުމްލަ 16729 މީހުން ރާއްޖެ އެތެރެވެފައިވޭ. މިއަދު ރާއްޖެ އައި މީހުންގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި 308 ބިދޭސީން. އަދި މިއަދު ފުރި މީހުންގެ ތެރޭގައި 14 ދިވެހިންނާއި 340 ބިދޭސިން ހިމެނޭ. ބޯޑަރު ހުޅުވާލި ފަހުން ޖުމްލަ 17325 މީހުން ފުރާފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް އައި މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ފަތުރުވެރިންގެ އިތުރުން ދެން އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ ބިދޭސީ މަސައްކަތްތެރީންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު