މިމަހުގެ ފަސްވަނަ ދުވަހު އިތުރު 60،000 ޓެސްޓް ކިޓް ކްލިޔާ ކުރެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ މިވަގުތާ ހަމައަށް 4000 ޓެސްޓު ހެދޭ ވަރަށް ކިޓް އެބަހުރި ކަމަށާއި މާދަމާ އިތުރު ކިޓްތައް ކްލިއާ ކުރެވޭނެ ކަމަށެވެ.
"ފަހެއް ސެޕްޓެމްބަރުގައި އަޅުގަނޑުމެންނަށް 60،000 ކިޓް ކްލިއާ ކުރެވޭނެ. މިއީ ޗައިނާއިން 40،000 އަދި ޔޫއެސް އިން އަންނަ 20،000 ޓެސްޓް ކިޓްސްތައް،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ 12،000 ޖީން އެކްސްޕާޓް ކާޓްރިޖް އެބަހުރި ކަމަށާއި ޖީން އެކްސްޕާޓް މެޝިންތައް ހުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލާއި ބ. އޭދަފުށި ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި 1،15،727 ސާމްޕަލް ޓެސްޓްކޮށްފައިވެއެވެ. އެގޭ ތެރެއިން 8140 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދުވެސް ވަނީ 1546 ސާމްޕަލްގެ ޓެސްޓް ހަދައިފައެވެ. އޭގެ ތެރެއިން 137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު