ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައިވަނީ އިންޑިއާގެ ސަބަބުން ކަމަށާއި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާއާއެކު ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އެގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާއާއެކު އޮތް ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުވެސް ވަނީ ރާއްޖެ ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާވެސް ކޮށްފައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ފަށައިފައެވެ. މި ސަރުކާރުން އަންނަނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު