ދ. މާއެނބޫދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާއެނބޫދޫގެ މޮނީޓަރިން ހާލަތު އުވާލާފައިވާ ކަމަށާއި އެގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނީޓަރިންގެ ހާލަތު އެރަށް އިތުރަށް ބާއްވަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 3:46 އިން ފެށިގެން މާއެނބޫދޫގެ މޮނީޓަރިންގެ ހާލަތު އުވާލެވިފައިވާ ކަމަށާއި މޮނީޓަރިންގެ ހާލަތާ ގުޅިގެން މާއެނބޫދޫގައި އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އިއްޔެ މާއެނބޫދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ ނިޔާމަ ރިސޯޓުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ، އެމީހުން އެ ރަށަށް ދަތުރުކޮށްފައި ހުރުމުންނެވެ.
މާއެނބޫދޫގެ އިތުރުން މިއަދު ވަނީ ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫވެސް އާންމު ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު