ރާއްޖެއަށް އަންނަ ފަތުރުވެރިން ޕީސީއާރު ނެގެޓިވް ނަތީޖާގެ ސެޓްފިކެޓެއް ގެންނަން ޖެހޭ ގޮތަށް ހަދައިފިއެވެ.
ޓޫޫރިޒަމް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ޕީސީއާރުގެ ނެގެޓިވް ނަތީޖާއެއް ގެންނަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން މަޖުބޫރުކޮށްފައިވަނީ ވަނީ ހުރިހާ ފަރާތްތަކެއްގެ ސަލާމަތަށްޓަކައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ އެޗްޕީއޭއާއެކު މަޝްވަރާތައް ކުރުމަށްފަހު ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އެގޮތަށް ހަދަން ނިންމީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރަށް ޔަގީންކަމެއް ލިބިގެންދާނެ ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރުކުރުމަށް މުހިއްމު ކަމަކަށް،" މައުސޫމް ވިދާޅުވެފައިވެއެވެ.
މިހާރު އޮންނަ ގޮތުން އެއްވެސް ޓެސްޓް ނަތީޖާއަކާ ނުލައި ކޮންމެ ގައުމެއްގެ މީހަކަށްވެސް ރާއްޖެ އާދެވޭނެއެވެ. ނަމަވެސް އަލާމާތްތައް ފެންނަން ހުންނަ ނަމަ އެއާޕޯޓުގައިވެސް ޓެސްޓު ހެދޭނެ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ. މިހާރުވެސް ރާއްޖެއިން ފުރާ ފަތުރުވެރިން ބައްޔަށް ޓެސްޓު ކުރެވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު