ރ. އިނގުރައިދޫ އާއި އެ އަތޮޅު ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިނގުރައިދޫ ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ 32 އަހަރުގެ ބަނގުލަދޭޝް ރައްޔިތަކާއި 52 އަހަރުގެ އިންޑިއާގެ ރައްޔިތަކާއި 26 އަހަރުގެ އަންހެނަކާއި އެއް އަހަރުގެ ކުޑަކުއްޖެކެވެ.
މީގެ އިތުރުން ރަސްމާދޫގައިވެސް ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްްޕީއޭއިން ބުންޏެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ 65 އަހަރުގެ މީހެކެވެ.
މިއަދު ވަނީ ޅ. ނައިފަރުން ވެސް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދ. ކުޑަހުވަދޫން ވެސް ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ގދ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، ށ. ފީވަކުން ވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އަދި ބ. އޭދަފުށިން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އައްޑޫއިން ވެސް މިއަދު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ފަހަކަށް އައިސް ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު