ގއ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން ކަށަވަރު ކޮށްދެއްވައި ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު "ވަން" އަށް ވިދާޅުވީ، އެ ރަށުން ޕޮޒިޓިވް ވެފައިވަނީ 59 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށާއި ދެ މީހުންނަކީ ވެސް އެއް ގެ އެއްގައި ދިރިއުޅޭ ދެ މީހުން ކަމަށެވެ. އަދި އެމީހުންނާއެކު ތިން ކުޑަކުދިން ވެސް ހޯމް ކަރަންޓީނުގައި ތިބި ކަމަށާއި ނަމަވެސް އެކުދިންގެ ކޮވިޑް ނަތީޖާ ނެގަޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ. އަދި އެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 7804 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 5155 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 29 މީހެކެވެ. އެއީ 23 ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު