ހުޅުމާލޭގައި ހެދި ފުލުހުންގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.
ފުލުހުން މަދަނީ ބަޔަކަށް ހެދިތާ 16 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި އެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް ކުރިން ދެމުން ދިޔައީ އެޗްޑީސީ ހުންނަ އިމާރާތުގަ އެވެ. މިއަދު ހުޅުވި ޕޮލިސް ސްޓޭޝަނަކީ 2015 ވަނަ އަހަރުގައި ބިންގާ އަޅާފައިވާ ތަނެކެވެ. ނަމަވެސް އެތަން އިމާރާތް ހެދުމަށް ބަޔަކާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ނެއިބާހުޑް އެކެއްގެ ސެންޓްރަލް ޕާކް ކައިރިން، 23225 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ތިން ބުރީގެ އެ އިމާރާތް ހަދަން 27.5 މިލިއަން ރުފިޔާ ހޭދަކުރި އިރު، އެތަނުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާލައިފަ އެވެ.
އެ އިމާރާތުގައި އޮފީސް ބަޔަކާއި އެކޮމޮޑޭޝަން ބަޔަކާއި ކަސްޓޯޑިއަލް ވަސީލަތްތައް ހުންނާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ހުޅުމާލެއަކީ ގިނަ މަޝްރޫއުތަކެއް ހިންގާނެ ތަނަކަށްވުމުން ފުލުހުންގެ ހިިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ހޯދަމުން އަންނަ ކަމަށެވެ. އުންމީދަކީ ދައުލަތުގެ ފަރާތުން ފުލުހުންނަށް އިތުރު ވަސީލަތްތަކާއި ބިނާތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް