މިއަދު މަރުވެފައި އޮއްވައި ފެނުނީ ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ ނޭޕާލުގެ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ތިލަފުށި ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ މިއަދު 8:36 ހާއިރު އެވެ.

އެކަމުގެ ތަފްސީލެއް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ތިލަފުށި ކައިރިން މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު ސައިޓެއްގައި މަސައްކަތްކުރާ 31 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.

ނަމަވެސް އޭނާއަކީ ތިލަފުށީގެ ކޮން ސައިޓެއްގައި މަސައްކަތްކުރާ މީހެއް ކަމެއް އަދި އޭނާގެ އެއްވެސް ޒަހަމްތަކެއް ހުރި ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.