މަނާ ގަޑީގައި ބޭރުގައި އުޅުނު 1580 މީހުން މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މަނާގަޑީގައި ވެހިކަލް ދުއްވައިގެން 1095 ފަރާތަކަށް ނަސޭހަތްދީފައިވާ ކަމަށާއި 274 ފަރާތެއް ޖޫރިމަކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް މާސްކް ނާޅައިގެން 2908 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށާއި 1188 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މަނާ ގަޑިތަކުގައި ބޭރުގައި އުޅެގެން 3813 ނަސޭހަތްދެވި، 1580 މީހަކު ޖޫރިމަނާ ކުރެވިފައި. މި އަދަދުތައް އިތުރުވުމަކީ އެހާ ބޭނުންވާ ކަމެއް ނޫން. އެހެންނަމަވެސް މި އަދަދުތައް ތިރިކުރުމަކީ އާންމު ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެއް،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޓެކްސީ ސެންޓަރުތަކަށް ފާސް ދޫކުރެވިފައިވާ ކަމަށާއި އެއް ފާހެއް ދެ ޓެކްސީއަކުން ބޭނުން ކުރާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ކެފޭ ރެސްޓޯރެންޓްތައް ރޭގަނޑު 9:30 ގެ ފަހުންވެސް ހިދުމަތްދެމުން އަންނަ ކަމަށާއި ގިނަ ފަހަރަށް ތަން ބަންދު ކުރަނީ ފުލުހެއް ދިއުމުން ކަމަށެވެ. އެގޮތަށް އަމަލު ނުކުރުމަށް ސަމީރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު