ފާތިމަތު ޝަރީފާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހުގެ އިތުރުން އިބްރާހިމް ރަޝީދު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ހަތަރު ބޭފުޅުން ސީއެސްސީގެ މެންބަރު ކަމަށް އައްތަން ކުރަން މަޖިލީހުން ފާސްކުރީ، އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް ޝަރުތު ހަމަވާކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި، 15 ބޭފުޅުނުްގެ ތެރެއިިން، މިއަދުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.

  • ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ
  • ޝުހުދާ ރިލްވާން، ފްލާވަރމީޑް، ސ.މީދޫ
  • މަރިޔަމް ޝެނީން، މއ. ފޮސީތިއާ
  • ފާތުމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
  • އަހުމަދު މޫސާ، ހ. އަމްސާވިލާ
  • ފާތުމަތު ރިފާހަތު ރިފްއަތު، ގ.ވެގާ 2
  • އަހުމަދު ނާސިހް، ގ. ފަލްކަންގެ
  • އަޖްވަދު އަލީ، ގ. ބްލޫ ވޭލް
  • މުހައްމަދު ފަރުޞަތު، ހ. ޓޫހާޓްސް
  • އާއިޝަތު ޝާހީން، މއ. ވިލާރޯދި
  • މުހައްމަދު ނަސީރު، މ.ފުންފިނި
  • މަރިޔަމް މުނާ، މ. ބާރަނާގެ، ކ. މާލެ
  • މުހައްމަދު ޝަރީފް، ފުސަތުޅާގެ، ގދ. ތިނަދޫ
  • އިބްރާހިމް ރަޝީދު، ބްލެކް، ރ. މީދު
  • މުނާ މުހައްމަދު، ހ. ނޫރާނީ ފެހި