ބ. ދަރަވަންދޫ

ދަރަވަންދޫ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

މަރިޔަމް ޝަހުދާ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ފަރާތުން ބ. ދަރަވަންދޫގައި ގާއިމުކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، އެ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި ދަނޑު ހުޅުވުމަށް ރޭ ދަރަވަންދޫގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައިފައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ދަރަވަންދޫގެ ކައުންސިލާއި ޒުވާނުން ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުމަށް ވެދިން އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. އަދި މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ކުޅެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.