ކުއްލި ޚަބަރު

ދެ މީހުންނާއެކު ކިނޮޅަހަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަނީ

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ފުރައިގެން އެ އަތޮޅު ކިނޮޅަހަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ ދެ މީހުންނާއެކު ދަތުރުކުރި 15 ފޫޓުގެ ޑިންގީއެއް ކަމަށެވެ.

މިއަދު ހެނދުނު 10:45 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާއާ ގުޅިގެން ޑިންގީ ހޯދުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

މާމުނަގައު ރިސޯޓާއި ކިނޮޅަހާ ދޭތެރޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނޯވެއެވެ. އެ ދޭތެރޭގައި އޮންނަނީ ހުރުވަޅި ރިސޯޓާއި ދެ ފަޅު ރަށެވެ. އެއީ ވިލިނގިލި ނަމަކަށް ކިޔާ ރަށަކާއި ވާދޫ ނަމަކަށް ކިޔާ ރަށެކެވެ.