ހުޅުމާލޭގައި ހެދިފައި ހުރި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމައިފިއެވެ.
ހުޅުމާލެ ހިއްކުމަށް ފަހު ބިންގަނޑު ވަރުގަދަކޮށް ހިފެހެއްޓުމަށް ގިނަ އަދަދެއްގެ ފިތުރޯނު ހުޅުމާލޭގެ އެކި ސަރަހައްދުގައި އިންދާފައިވެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ފިތުރޯނު ގަސްތައް ނަގަން ނިންމީ އެ ގަސްތަކަކީ ވަރަށް އަވަހަށް ހެދޭ އަދި ބާރަށް މޫތައް ފެތުރިގަންނަ ގަހަކަށް ވެފައި، މޫތައް ފެތުރިގަނެ މަގުގެ ތާރުގަނޑަށް ގެއްލުންވާތީ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ފިތުރޯނު ގަހުގެ މޫތަކުގެ ސަބަބުން ނަރުދަމާގެ ނިޒާމަށްވެސް ބައެއް ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. އަދި ފިތުރޯނު ގަސްތައް ނެގުމަށް ފަހު ހިޔާދޭ އެހެން ގަސްތައް އިންދާނެ ކަމަށެވެ.
ހުޅުމާލޭގައި އެންމެ ގިނައިން ފިތުރޯނު ގަސް ހައްދާފައި ހުރީ "ފިތުރޯނު މަގު"ގައެވެ. ހިޔާބޮޑު އެ މަގަކީ ފޮޓޯ ނެގުމަށް އެތައް ބަޔަކު ގޮސް އުޅޭ މަގުބޫލު މަގެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު