ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި، މިއަހަރު ނިމޭއިރު 1.5 ބިލިޔަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ 2027 ވަަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެތް ދިރާސާ ކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދާތީ ބައެއް މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މަޝްރޫއު ތަކަށް މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް 5.3 ބިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. އަދި މިއަހަރުގެ ފަހު ދެ މަސް ދުވަހަށް، އިތުރު 1.5 ބިލިޔަން ހަރަދުވާނެ ކަމަށާއި އޭރުން އެ ހަރަދު މި އަހަރު ނިމޭއިރު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ވެސް މަޝްރޫއުތައް ނިންމަން ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.
މި ވަގުތު ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ މަޝްރޫއުތައް ނިންމަން ކަމަށާއި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަމާލުކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް