ކޮވިޑް 19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީއަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެކަން ކުޅުދުއްފުއްޓަށް އަންގައިފައެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނަސްފައި މިވަނީ، އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ މާލެއަށް ގެނައި ބަލި މީހަކު ޓެސްޓު ކުރުމުން އޭނާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ކުޅުދުއްފުށީގައި އެމީހާއާ ކޮންޓެކްޓުވީ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުޅުދުއްފުށި މިއަދު މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ އިރު، ގދ. ތިނަދޫ ވެސް މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ތިނަދޫ މޮނިޓަރިންއަށް ގެނަސްފައި މިވަނީ، އެރަށުގެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު