ކޮވިޑް 19 އާ ގުޅިގެން ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ތިނަދޫން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ވަނީ ތިނަދޫ ކައުންސިލަށް އަންގައިފައެވެ.
ތިނަދޫން ޕޮޒިޓިވްވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ.
އެޗްޕީއޭއިން ބުނީ އެކަމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް 19 އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެކަމަށްޓަކައި އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި، ހުއްދައެއް ނެތި ރަށަށް އެރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެއިން އިއްޔެ ކޮވިޑް 19 އަށް 140 މީހުން ކޮވިޑަށް ޕޮޒިޓީވްވި އިރު، 182 މީހުން ވަނީ އެބަލިން ރަނގަޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު