ދައުލަތުން އިނާޔަތް ނަންގަވައިގެން ހުންނަވައިގެން، ކުރީގެ ރައީސަކު ކޮވިޑުގެ މިހާލަތުގައި އެއްވުންތައް ލީޑްކުރައްވަމުން ގެންދަވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒޭނާ މިހެން ވިދާޅުވީ އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ. ރޮޒޭނާ މިހެން ވިދާޅުވި އިރު، ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމާވެސް ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެ ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފަ އެވެ.
އިއްޔެގެ އެއްވުމުގައި ޑރ. ވަހީދު ރައްޔިތުންނާ ވާހަކަފުޅުދައްކަވާން ހުންނެވި ފޮޓޯއެއް ޓުވީޓުކުރައްވައި ރޮޒޭނާ ވިދާޅުވީ، ދައުލަތުން އިނާޔަތް ނަންގަވައިގެން، ކޮވިޑް ޕެންޑެމިކްގެ މި ހާލަތުގައި އެއްވުންތައް ލީޑް ކުރައްވައި ޑރ. ވަހީދު އެ ނަންގަވަނީ ސިޔާސީ ފައިދާއެއް ކަމަށެވެ.
"ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ އިރު އަދި ރައްޔިތުން ގޭގައި ތިބުމަށް ސިއްހީ މާހިރުން ތަކުރާރުކޮށް އިރުޝާދު ދެމުން އަންނައިރު، މިހާލަތުގައި ވެސް އެއްވުންތައް ލީޑު ކުރައްވައިގެން ސިޔާސީ ފައިދާއެއް އެ ނަންގަވަނީ." ރޮޒޭނާ ވިދާޅުވި އެވެ.
"މިހާލަތު ކޮންޓްރޯލު ނުވެ ސިސްޓަމް އޯވަލޯޑުވެގެން މީހުން މަރުވީމަ އޭގެ ޒިންމާ ނަންގަވާނަންތޯ؟" ރޮޒޭނާގެ ޓުވީޓުގައި ރައީސް ވަހީދާ ސުވާލު ކުރައްވާފައި ވެއެވެ.
މެންބަރު ރޮޒޭނާ މި މޭރުމުން ވާހަކަދެއްކެވި އިރު، މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް