ހުޅުމާލެ ހޮސްޕިޓަލަށް މަރުވެގެން ގެންދިޔަ ޒުވާނެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ރޭ 11:42 އެހާކަންހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ 21 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކުރީ ހޮސްޕިޓަލުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކުއްޖާ މަރުވި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހދ، މަކުނުދޫ ޒުވާނެއް ކަމަށްވާ ޒަހާ އަހުމަދެވެ އޭނާއަކީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ކުރިން ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ޒުވާނެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު