"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިދިކޮޅުން މިއަދު ވަނީ ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތައް ހިފައިގެން މުޒާހަރާ ކޮށްފަ އެވެ. އެގޮތުން މާލޭގައި މިއަދު ހަވީރު ވަނީ ގިނަ އަދަދެއްގެ ޒުވާނުންނާއި އިދިކޮޅު ކޯލިޝަންގެ ގިނަ ފަރާތްތަކެއް ބައިވެރިވެ، ސައިކަލު ބުރެއް ބާއްވައިފަ އެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ސައިކަލު ބުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް ގޮވާލައިފައިވެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށި ސައިކަލު ބުރުގެ ބައިވެރިވި ގިނަ މީހުން މާސްކު އަޅައިގެން ތިބި ނަމަވެސް އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނެތެވެ. އަދި ފުލުހުން ވެސް މިއަދުގެ ސައިކަލު ބުރު ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މިދިޔަ އަންގާރަ ދުވަހު މާފުށީ ބޭރުން ކަނޑުމަތީގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާ ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު